25 ވަނަ އެނުއަލް ސްކްރީން އެކްޓަރސް ގިލްޑް (އެސްއޭޖީ) ގެ އެންމެ މޮޅު ފިލްމަކަށް "ބްލެކް ޕެންތަރ" ހޮވިއްޖެއެވެ.
މި އެވޯޑު ބްލެކް ޕެންތަރ އާޙަވާލުކޮށްފައިވަނީ ލޮސް އެންޖަލިސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއީ އެމެރިކަން ފެޑެރޭޝަން އޮފް ޓެލެވިޜަން އެންޑް ރޭޑިއޯ އާޓިސްޓްސް އިން ދެމުން އަންނަ އެވޯޑެކެވެ. އަދި މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑު ލިބޭ ފަރާތް ކަނޑައަޅަނީ އެކަމަށް ކަނޑައަޅާ ޖަޖުންގެ ކޮމެޓީން ދޭ ޕޮއިންޓާއި ޢާންމުނަށް ހުޅުވާލައިގެން އެސްއެމްއެސް މެދުވެރިކޮށް ލިބޭ ވޯޓުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.