ފިލިޕިންސްގެ މިސްކިތަކަށް އަތުބޮމުން ހަމަލާދީ 2 އިމާމުންނާ އިތުރު 2 މީހަކު ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފިލިޕިންސްގެ މިސްކިތަކަށް އަތުބޮމުން ހަމަލާދީ 2 އިމާމުންނާ އިތުރު 2 މީހަކު ޝަހީދުކޮށްލައިފި

ފިލިޕިންސްގެ ދެކުނުގެ ރަށެއް ކަމަށްވާ ޒަމްބޯންގާގެ މިސްކިތަކަށް އަތުބޮމުން ހަމަލާދީ 2 އިމާމުންނާ އިތުރު 2 މީހަކު ޝަހީދުކޮށްލައިފި އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހަމަލާދީފައިވަނީ ރޭ ފަތިހުގެ އަނދިރި ވަގުތުގައެވެ. 

މިހަމަލާ ދިން ބައަކު އަދި ހޯދިފައެއް ނުވެއެވެ. 

މީގެ 2 ދުވަސްކުރިން ޖޯލޯގައި ދިން މިފަދަ ހަމަލާއެއްގައި މުސްލިމުންގެ 20 މީހުން ވަނީ ޝަހީދުވެފައެވެ. 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މުސްލިމުންނަށް ހަމަލާދިނުން އިތުރުވެފައި މިވަނީ ކެތަލިކް ކްރިސްޓިއަނުންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަ ފިލިޕިންސްގައި އިސްލާމްވާ މީހުން ގިނަވެ ބައެއް ރަށްރަށުގައި އިސްލާމުންގެ ވެރިކަން ހިންގޭވަރުވުމުންނެވެ.

މުސްލިމުން ގިނަވަމުންދާތީ ކާފަރުންނަށް އެކަން ޙަޖަމް ނުކުރެވިގެން ދޭ މިފަދަ ހަމަލާތައް ޓެރަރިޒަމްގެ ގޮތުގައި ދުނިޔޭގެ މީޑިއާތަކުން ލޭބަލް ނުކުރި ނަމަވެސް މުސްލިމަކު ކިތަންމެ ކުޑަ އަމަލެއް ހިންގި ނަމަވެސް އެކަން ސިފަކުރަމުން ގެންދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ.

 

މިއަދު އޮންލައިން