އާލިއާ ބަޓް އަނެއްކާވެސް އެޕާޓްމަންޓެއް ގަނެފި!

ކިޔުމަށް ހޭދަވާނީ 45ސ
އާލިއާ ބަޓް އަނެއްކާވެސް އެޕާޓްމަންޓެއް ގަނެފި!

ލިޔުނީ: ޒިދާން މުހައްމަދު

މަޝްހޫރު ބަތަލާ އާލިއާ ބަޓް އަނެއްކާ ވެސް އެޕާޓްމަންޓެއް ގަނެފިއެވެ. މިއީ އޭނާގެ 3 ވަނަ އެޕާޓްމަންޓް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރިޕޯޓުތައް ބުނާ ގޮތުގައި، ޖުހޫގައި ހުންނަ 2300 ސްކެއާ ފީޓުގެ އެ ޕާޓްމަންޓް އޭނާ ގަނެފައިވަނީ 13 ކްރޯޑު ރުޕީސަށް ވުރެ ބޮޑު އަގެއްގައެވެ. އޭނާ ވަނީ އެޕާޓްމަންޓް ގަތުމަށްފަހު އޭނާގެ ނަން މައްޗަށް ރަޖިސްޓާވެސް ކޮށްފައެވެ. 

މިދިޔަ އަހަރުން ބޮލީވުޑްގައި ބޮޑު ތަރުހީބެއް ލިބުނު ފިލްމް ރާޒީގައި އެކްޓުކުރި، އުމުރުން 25 އަހަރަށްވުރެ މަތިވެފައިވާ އާލިއާ މީގެ ކުރިން ދެ އެޕާޓްމަންޓް ގަނެފައިވާއިރު، އޭނާގެ މިލްކިއްޔާތުގައި މިހާރު 3 އެޕާޓްމަންޓް އެބަހުއްޓެވެ. ތިން އެޕާޓްމަންޓް ވެސް ރަޖިސްޓާކޮށްފައި ވަނީ އޭނާގެ ނަން މަތީގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

މިއަދު އޮންލައިން