އަންނަ މާރޗު ބާއްވާ ފުޓްބޯޅަ ރެފްރީން ތަމްރީންކުރާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
އަންނަ މާރޗު ބާއްވާ ފުޓްބޯޅަ ރެފްރީން ތަމްރީންކުރާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ފުޓްބޯޅަ ރެފްރީން ތަމްރީންކުރާ ކޯހެއް އަންނަ މާރޗު މަހު ބޭއްވުމަށް ނިންމާ، ބައިވެރިވާން ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގައި ފުޓުބޯޅަ ރެފްރީން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހެކެވެ.

މާރޗު މަހުގެ 1 އިން 10 އަށް މާލޭގައި ބާއްވާ މި ކޯޗުގައި ކިޔަވައިދޭނީ ތަޖުރިބާކާރު ދިވެހި ރެފްރީން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. 
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯހުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ފޯމު ހުށައަޅަން ޖެހެއެވެ.

ޒުވާން ރެފްރީން އުފެއްދުމުގެ މަޤޞަދުގައި އެފްއޭއެމުން ފެށި ޚާއްޞަ ޕްރޮގްރާމުގެދަށުން ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވާ 18 އަހަރާއި 25 އަހަރާއި ދެމެދުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެފްއޭއެމް އިން ބުންޏެވެ. ނަމަވެސް 25 އަހަރުން މަތީގެ މީހުންނަށްވެސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި 25 އަހަރުން މަތީ އުމުރުފުރާގެ ބައިވެރިންގެ އަތުން 1500 ރުފިޔާގެ ފީއެއް ނަގާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

 
މިއަދު އޮންލައިން