އުރީދޫ މޯލްޑިވްސް އިން 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ، 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެރޭގަނޑު8:00 ގެ ކުރިންއުރީދޫ މޯލްޑިވްސްގެ ޙިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްކަމުގައި އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން މިމޭރުމުން ބުނެފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގެ ރޫލްސްގެ ސެކްޝަން 3.2 އާ ގުޅިގެން ޢާންމުކުރި ބަޔާނުގައެވެ.
އުރީދޫން ބުނެފައިވަނީ އޭޖީއެމްގައި ހިއްޞާދާރުންނަށް އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާއަށް ހާޒިރުވެވަޑައިގެން ބައިވެރިވެވަޑައިގެންނެވޭނެ ކަމަށެވެ.
2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 15 ފެބްރުއަރީ 2019 ވާ ހުކުރު ދުވަސް ނިމުމުގެ ކުރިން އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރާނެ ކަމާއި، އަދި ޖަލްސާގެ ނޯޓިސް އަދި އެޖެންޑާއާއެކު، އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައްވެސް އާންމުކުރާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.