ޗައިނާގެ ރައީސް އެ ޤައުމުގެ ދޮށީ އުމުރުގެ މީހުންނާ ބައްދަލުކުރަން ފަށައިފި

ކިޔުމަށް ހޭދަވާނީ 40ސ
ޗައިނާގެ ރައީސް އެ ޤައުމުގެ ދޮށީ އުމުރުގެ މީހުންނާ ބައްދަލުކުރަން ފަށައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޢާއިލާ އެ ޤައުމުގެ ދޮށީ އުމުރުގެ މީހުންނާ ބައްދަލުކުރަން ފަށައިފި

އެވެ.

މިއީ އެޤައުމުގައި ތިބި ދޮށީ ޢުމުރުގެ މީހުންގެ ޙާލު ބައްލަވާލެއްވުމަށާއި އެމީހުންގެ ބޭނުންތައް ދެނެވަޑައިގަތުމަށް ކުރައްވާ ކަމެއްކަމަށް ޗައިނާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނެއެވެ.

ޚަބަރުފަތުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ރައީސްގެ ޢާއިލާއިން ކޮންމެ އަހަރަކުވެސް ކުރައްވަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުން ޤައުމު ބިނާކުރުމަށް ވަރަށް ގިނަ ފިލާވަޅުތައް ލިބޭ ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޢާއިލާއާ ޙަވާލާދީ ބުނެފައިވަނީ މި ބައްދަލުވުންތަކުގައި ދޮށީ ޢުމުރުގެ މީހުން ބޭނުންވާ ކަންކަން ބައްލަވާ ވީ ވަރަކުން އެކަންތައްވެސް ކޮށްދެއްވާ ކަމަށެވެ.

 
މިއަދު އޮންލައިން