ނަފްސާނީ ބަލި ހުރި އަންހެނަކަށް ޖިނާޢީ ދައުވާކުރަން ފަރަންސޭސި ޕްރޮސެކިޔުޓަރ ޖެނެރަލް ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ނަފްސާނީ ބަލި ހުރި އަންހެނަކަށް ޖިނާޢީ ދައުވާކުރަން ފަރަންސޭސި ޕްރޮސެކިޔުޓަރ ޖެނެރަލް ނިންމައިފި

ނަފްސާނީ ބަލި ހުރި 40 އަހަރުގެ އަންހެނަކަށް ޖިނާޢީ ދައުވާކުރަން ފަރަންސޭސި ޕްރޮސެކިޔުޓަރ ޖެނެރަލް ނިންމައިފި އެވެ. އޭނާގެ މައްޗަށް ޤަޞްދުގައި މީހުން މެރިކަމުގެ ދައުވާކުރަނީ މިދިއަ އަންގާރަ ދުވަހު ގިނަ ބައަކު ދިރިއުޅޭ އެޕާޓްމަންޓްތަކެއްގައި ހުޅުޖެހުމުން 10 މީހުން މަރުވުމާއި ގުޅިގެންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އޭނާއަކީ ދާއިމީ ގޮތެއްގައި ނަފްސާނީ ބައްޔަށް ބޭސްކުރަމުން އަންނަ އަންހެކެވެ. ހުޅުޖެހީވެސް އެންމެފަހުން ކްލިނިކުން އޭނާ ދޫކޮށްލިތާ 6 ވަނަ ދުވަހުއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުންނަނީވެސް ނަފްސާނީ ފަރުވާ ދޭ ތަނެއްގައެވެ. އެތަނުގައި ހުއްޓައިވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. 

ޕްރޮސެކިޔުޓަރ ރެމި ހެއިޒް ބުނެފައިވަނީ އޭނާގެ މައްސަލަތަކެއް ހުރި ނަމަވެސް ގިނަ ބައަކު ދިރިއުޅޭ ތަނެއްގައި ރޭގަނޑު ހުޅުޖެހީ ޤަޞްދުގައި ގިނަ ބައަކު މަރަން ކަމަށެވެ.

 

މިއަދު އޮންލައިން