މޯލްޑިވްސް ވިމެންސް ރަންގެ ނަމުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ދުވުމެއް ބާއްވަނީ

ކިޔުމަށް ހޭދަވާނީ 1މ 27ސ
މޯލްޑިވްސް ވިމެންސް ރަންގެ ނަމުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ދުވުމެއް ބާއްވަނީ

މޯލްޑިވްސް ވިމެންސް ރަންގެ ނަމުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ދުވުމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މިއީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވާ ދުވުމެކެވެ. އަދި މި ދުވުން އޮންނާނީ އަންނަ މާރޗު މަހުގެ 22 ވަނަ ދުވަހުއެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ އެން-ރޭންޖުން ބާއްވާ މި ދުވުން އިފްތިތާޙްކޮށްދެއްވީހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންއެވެ.

އެން ރޭންޖުން ބުނީ މިދުވުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށާއި މިއީ ސަތޭކަ އިންސައްތަ  އަންހެނުންނަށް ބައިވެރިވެވޭނެ ދުވުމެއް ކަމަށެވެ.

މި ދުވުމުގައި މިއަހަރު 2500 އަންހެނުން ބައިވެރިކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި ދުވަންޖެހޭނީ 5 ކިލޯމީޓަރުގެ ރާސްތާއެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޓައިޓަލް ސްޕޮންސަރކޮށްފައިވާ ރޭހުގައި ބައިވެރިވެވޭނީ 100ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެން ކަމަށްވެސް ބުންޏެވެ.

"ވާދަވެރިކޮށް ބާއްވާ މި ދުވުމުގަ 6 އަހަރާއި 13 އަހަރާއި ދެމެދުގެ ކެޓަގަރީން އެންމެ ބާރަށް ދުވާ 5 ދުވުންތެރިން ހޮވާ ފައިސާގެ އިނާމް ދޭންވަނީ ނިންމާފަ. އަދި އެ 10 ދުވުންތެރިން ދުބާއީ ވިމެންސް މެރެތަންގައި ރަޖިސްޓްރީ ވެސް ކޮށްދޭނަން. ރޭސް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެއްޔެއްވެސް ލިބޭނެ." އެން ރޭންޖުން ބުންޏެވެ.

މިދުވުމުގައި ބައވެރިވުމަށް މޯލްޑިވްސް ވިމެންސް ރަންގެ ވެބްސައިޓުގައި މިހާރުވަނީ ހުޅުވާލާފައެވެ. އަދި ފައިސާ ދެއްކުމާއި ޓީޝާޓް ނެގުން އޮންނާނީ ރޭހުގެ ދެ ދުވަސް ކުރިން ބާއްވާ އެކްސްޕޯގައެވެ.

މިއަދު އޮންލައިން