މަދަދަށް އެދި ގޮވާތީ ދިޔުމުން އެދުނީ އިސްލާމްދީނަށް ވައްދައި ދިނުމަށް، ނިޔާވީ ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށްފަހު!

ކިޔުމަށް ހޭދަވާނީ 34ސ
މަދަދަށް އެދި ގޮވާތީ ދިޔުމުން އެދުނީ އިސްލާމްދީނަށް ވައްދައި ދިނުމަށް، ނިޔާވީ ޝަހާދަތުގެ ދެ ކަލިމަ ކިޔުމަށްފަހު!

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އެކެވެ. ފެންނަނީ އުމުރުން ވަރަށް ދުވަސްވެފައިވާ އަންހެނަކު ޝަހާދަތް ކިޔާ މަންޒަރެވެ. 

މައުލޫމާތު ލިބުން ގޮތުގައި، ލަންޑަން ހޮސްޕިޓަލުގައި އޮތް އެއަންހެން މީހާ، މަދަދަށް އެދި ވަރަށް ބާރަށް ގޮވަމުން ދިޔައެވެ. އޭނާއަށް އެހީތެރިވުމަށެވެ. 

އެއަޑަށް މުސްލިމު ފިރިހެނަކު އޭނާއަށް އެހީތެރިވެދިނުމަށް ދިޔުމުން، އެއަންހެން މީހާ އެދުނީ އޭނާ އިސްލާމްދީނަށް ވައްދައި ދިނުމަށެވެ. 

"އަހަރެން އިސްލާމްދީނަށް ވައްދައިދޭން އެހީތެރިވެދީ ފާނަންތަ" އަންހެން މީހާ ބުންޏެވެ. 

އޭނާ ނިޔާވީ ޝަހާދަތުގެ ދެ ކަލިމަ ކިޔައި އިސްލާމްވި ފަހުންނެވެ. 

 

މިއަދު އޮންލައިން