ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިއަކަށް އިބްރާހިމް އަހުމަދު ނާސިރު ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިއަކަށް އިބްރާހިމް އަހުމަދު ނާސިރު ހަމަޖައްސައިފި

މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނޫގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިއަކަށް އިބްރާހިމް އަހުމަދު ނާސިރު ހަމަޖައްސައިފިއެވެ. 

އިބްރާހިމް އަހުމަދު ނަސީރުއަކީ ކުރިން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. 

އެފްއައިޔޫގެ ހެޑްގެ މަގާމަށް އިބްރާހިމް އަހުމަދު ނާސިރު އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު އެ މަގާމުން ވަކިކޮށް އެމްއެމްއޭގެ އެހެން ސެކްޝަނަކަށް ބަދަލު ކުރުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ މަނީލޯންޑްރިންއަށް ތުހުމަތުވާ މައްސަލަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެފަރާތުން ފުލުހަށް ހުށަހަޅާފައި ވަނީވެސް އަބްދުﷲ އަޝްރަފު އެމަގާމުގައި ހުންނެވިއިރުއެވެ.

މިއަދު އޮންލައިން