ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޓީސީ އާއި އީގަލްސް..

ކިޔުމަށް ހޭދަވާނީ 47ސ
ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޓީސީ އާއި އީގަލްސް..

މިއަހަރުގެ ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޓީސީ ސްޕޯޓްސް ކުލަބާއި ކްލަބް އީގަލްސް ދަތުރުކޮށްފިއެވެ.

މި ދެޓީމު ބައްދަލުކުރާ ފައިނަލު މެޗު މި މަހުގެ 19 ވާ އަންގާރަ ދުވަހުގެ ރޭ ކުޅޭ އިރު، ފައިނަލުގެ ފުރަތަމަ ޖާގަ ޓީސީ އިންހޯދީ ސެމީގެ ފުރަތަމަ މެޗުގައި ފައިބެއަހަރުގެ ޗެމްޕިއަން ގްރީންސްޓްރީޓްސް 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

ފައިނަލުގެ ފަހު ޖާގަ އީގަލްސް އިން ހޯދީ ސެމީގެ ދެވަނަ މެޗު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ކްލަބު އީގަލްސްއަކީ ޔޫތް ޗެމްޕިއަންޝިޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އަދި މިދިޔަ އަހަރުގެ ފައިނަލުގައިވެސް އެ ޓީމު ވާދަކުރިއެވެ. އެހެންނަމަވެސް އެ ފަހަރު އެ ޓީމު ބަލިވީ ގްރީންސްޓްރީޓްސް އަތުންނެވެ. 

މިއަދު އޮންލައިން