މައިލޯ ކިޑްސް ފުޓްބޯޅަ ފިއެސްޓާރ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މި މުބާރާތް ރައީސް ޝަރަފްވެރިކޮށްދެއްވީ ހެންވޭރު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ފަރާތުން ވަނީ "ފިއެސްޓާ ލޯގޯ" ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.
ފާއިތުވި އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ފިއެސްޓާރގައިވެސް ހުނަރުވެރި ގިނަ ކުޅުންތެރިންވަނީ ފެނިގެން ގޮސްފައެވެ.