މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާރގައި މިއަހަރުވެސް ކުޅަދާނަ ގިނަ ކުޅުންތެރިންނެއް ފެނިގެންދިޔަ

ކިޔުމަށް ހޭދަވާނީ 1މ 8ސ
މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާރގައި މިއަހަރުވެސް ކުޅަދާނަ ގިނަ ކުޅުންތެރިންނެއް ފެނިގެންދިޔަ

ގްރޭޑް ދޭއް އަދި ތިނެއްގެ ކެޓަގަރީއަށް ޚާއްޞަކޮށްގެން ބާއްވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާރގައި މިއަހަރުވެސް ކުޅަދާނަ ގިނަ ކުޅުންތެރިންނެއް ފެނިގެންގޮސްފިއެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަނާއި މައިލޯ ގުޅިގެން ބާއްވާމުން އަންނަ ކިޑްސް ފުޓްބޯލް ފިއެސްޓާރ މިއަހަރު ބާއްވާފައިމިވަނީ އަހަރެއްގެ މެދުކެނޑުމަކަށްފަހުއެވެ.

ކުޑަކުދިންގެ މެދުގައި އެންމެ ފޯރިގަދަ ފިއެސްޓާރ މި މަހުގެ 20 ން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ އިރު، މިއީ އަންހެން އަދި ފިރިހެން ކެޓަގަރީއަށް ހުޅުވާލެވިގެން ބާއްވާ ފިއެސްޓާރއެކެވެ. އަދި މިއަހަރުވެސް ވަނީ ފުޓްބޯޅައިގެ ކުރިމަގު އުޖާލާ ކުރުވިދާނެ ފަދަ ހުނަރުވެރި ގިނަ ކުޅުންތެރިން ފެނިގެން ގޮސްފައެވެ.

މިއަހަރުގެ ފިއެސްޓާރގެ އަންހެން ބައިގައި 7 ސްކޫލެއް ވާދަކުރިއެވެ. އެއީ ތާޖުއްދީން، ބިލަބޮންގ، އަމީނިއްޔާ، ޣިޔާސުއްދީން، އިމާދުއްދީން، ހުރަވީ އަދި އަހުމަދިއްޔާ އެވެ.

މުބާރާތުގެ ގްރޭޑް ދޭއްގެ ކެޓަގަރީގައި ބައިވެރިވި 18 ސްކޫލްވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ. އަދި ގްރޭޑް ތިނެއްގެ ކެޓަގަރީގައިވެސް ބައިވެރިވެފައިވަނީ 18 ސްކޫލެކެވެ. މި ސްކޫލްތައްވެސް ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކުސިޓީ އަދި ނ. އަތޮޅުގައި ފިއެސްޓާރ މިއަހަރުވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން