އާސަންދަ އާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
އާސަންދަ އާއި އެންސްޕާގެ ކައުންޓަރެއް އައިޖީއެމްއެޗުގައި ހުޅުވައިފި

ހިދުމަތްތައް ހޯދުމަށް ތަކުލީފުތައް އުފުލަންޖެހޭ އައިޖީއެމްއެޗުގައި އާސަންދަ އާއި އެންސްޕާގެ ޑިސްޕެޗް ކައުންޓަރެއް ހުޅުވައިފިއެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 9:00 ވަންދެން ދެ ކައުންޓަރުން ހިދުމަތް ދޭއިރު މިކައުންޓަރު ތަކުން އާސަންދަ އާއި އެންސްޕާގެ ފޯމުތައް ބަލައިގަތުމާއި އެ ފޯމުތައް މައި އޮފީހަށް ފޮނުވައިދިނުމާއި އަދި ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމާއި އާސަންދަ އާއި އެންސްޕާއާ ގުޅޭނެ އިންތިޒާމް ހަމަޖައްސައިދެއެވެ.

މި ކައުންޓަރު ތަކުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ އާސަންދަ އާއި އެންސްޕާގެ ހިދުމަތްތައް ވީހާ ވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭކަމަށެވެ.

މިއަދު އޮންލައިން