އިސްލާމް ދީނާއި ދިވެހި ޤައުމާއިމެދު ދޮގުވާހަކަ ފަތުރާ ފަރާތްތަކާއިމެދު ލަސްނުކޮށް އަވަހަށް ފިޔަވަޅު އަޅައިދިނުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފިއެވެ. ޝައިޚް އިލްޔާސް ވިދާޅުވީ އެފަދަ ކަންކަން ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ ކަމަށެވެ. އަދި ދީނާއި ޤައުމުގެ އަމަން އަމާންކަމަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ގޮވާލައްވާ ކަމަށެވެ!
"އިސްލާމް ދީނަށާއި ދިވެހި ޤައުމާއިމެދު ދޮގުވާހަކަ ފަތުރާ ފަރާތްތަކާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން ލަސްނުކޮށް ފިޔަވަޅު އަޅުއްވަން ޖެހޭ. އެފަދަ ފުރުޞަތެއް އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެ. ދީނާއި ޤައުމުގެ އަމަން އަމާންކަމަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ގޮވާލަން!"
