އެސްއެމްއީ ބޭންކަށް ފައިނޭންސިން ބިޒްނަސް ލައިސަންސް ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެސްއެމްއީ ބޭންކަށް ފައިނޭންސިން ބިޒްނަސް ލައިސަންސް ދީފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ފައިނޭންސިން ބިޒްނަސް ލައިސަންސް ދީފިއެވެ.

ރާއްޖޭގައި ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ލައިސެންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެސްއެމްއީ ބޭންކަށް ދޫކޮށްފައިވަނީ މިއަދު އެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މާލެ އާއި އައްޑު އާއި ފުވައްމުލައް ހިމެނޭ ގޮތަށް އެއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސެންޓް ގެ ހިއްސާ މި ކުންފުނީގައި ހިމެނެ އެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މި ކުންފުނިން ވިޔަފާރި ފެށުމުން، ރާއްޖޭގެ އިޤްތިސޯދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވެގެން ދާނެކަމަށެވެ.

މިއަދު އޮންލައިން