މީސްތަކުންނަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށްވެސް އުނދަގޫފުޅުވޭ! - ދުނަފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ!: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މީސްތަކުންނަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށްވެސް އުނދަގޫފުޅުވޭ! - ދުނަފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ!: ޝައިޚް އިލްޔާސް

ދުންފަތުގެ އިސްތިޢްމާލް ކުރުމަކީ ހަރާމްކަމެއްކަމަށް ބަޔާން ކުރައްވަވާފައިވާ ކީރިތި ޤްރުއާނުގެ އާޔަތަކީ ކޮބައިތޯ އަދި ޙަދީޘްފުޅަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ ދުންފަތަކީ ރަސޫލް (ޞޢވ)ގެ ޒަމާނުގައި ބޭނުންކޮށް އުޅުނު އެއްޗަކަށް ނުވާތީ ދުންފަތުގެ ނަން ނެތް ނަމަވެސް ދުނަފަތުގެ އިސްތިޢްމާލް ކުރުމަކީ ހަރާމް ކަމެއްކަން ބަޔާން ކުރައްވަވާފައިވާ ކީރިތި ޤްރުޢާނުގެ އާޔަތްތައް އެބަ ހުއްޓެވެ. 

އެހެނީ މީސްތަކުންގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލަ ނަފްސަށް ގެއްލުން ލިބޭނެ ކަންކަން ކުރުމާއި އެހެން މީހުންނަށް ގެއްލުން ލިބޭފަދަ ކަންކަން ކުރުން އެއީ ޙަރާމް ކަންކަން ކަމަށް ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވާދައިވުމުންނެވެ. 

ދުންފަތަކީ އެއިްގެ ސަބަބުން ބޭނުން ކުރާ މީހާކަށާއި އެހެން މީހުންނަށް ގެއްލުންދޭ، ބޮޑެތި ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބެއްކަން ސައިންސްވެރިންގެ ހޯދުންތަކުން ވަނީ އެނގިފައެވެ. އަދި ޑަބްލިޔޫއެޗްއޯ އިން ވެސް ދަނީ އެކަންކަން ހާމަކުރަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުގައި މިހާރުވެސް އަހަރަކު 3 މިލިއަން މީހުން ދަނީ މަރުވަމުންނެވެ. 2030 އަށްދާއިރު މިއަދަދު އަހަރަކު 13 މިލިއަނަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ. ވީމާ ދުންފަތަކީ އިންސާނާގެ ނަފްސަށް ގެއްލުންދޭ، ޙަރާމް އެއްޗެއްކަން މިވަނީ ހާމަވެފައެވެ. 

އިންސާނުންނަށް އެކަމަކުން އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތް ބޭކަލުންނަށް އުނދަގޫފުޅުވެއެވެ. މިއީ ޞައްޙަ ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢްމާލް ކުރުމަކީ މީސްތަކުންނަށް އުނދަގޫވާ ކަމަކަށްވާއިރު އެކަމުން މަލާއިކަތް ބޭކަލުންނަށްވެސް އުނދަގޫފުޅުވާނެއެވެ. މިއީ ވެސް ދުންފަތުގެ އިސްތިޢްމާލުކުރުން ހުއްތާލަން ޖެހޭ ސަބަބެކެވެ. 

މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައްޒަމްގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ވިދާޅުވި ހުކުރު ޚުޠުބާއިން

 

 

މިއަދު އޮންލައިން