ތަރައްޤީގެ ނަމުގައި މުސްލިމުން އިސްލާމީ ރިވެތި އަޚްލާޤާއި ދުރުކުރަން މަސައްކަތް ނުކުރެއްވުމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ގޮވާލައްވައިފި އެވެ.
ޝައިޚް އިލްޔާސް އަކީ ރާއްޖޭގެ ކަންކަން ތަރައްޤީކުރަން ޖެހޭނީ އިސްލާމީ އުޞޫލާއި އިސްލާމީ އަޚްލާޤްގެ ތެރެއިން، އަދި ކީރިތި ޤްރްއާނާއި ރަސޫލް (ޞޢވ)ގެ ސުންނަތުގެ ތެރެއިން ކަމަށް ވިދާޅުވެ އެކަމަށް ވަކާލާތުކުރައްވަމުން ގެންދަވާ އިލްމުވެރިއެއްކަން ފާހަގަކުރެވެއެވެ.
"އެންމެން އެކަތިގަނޑަކަށްވެ ކަމެއް ނިންމީމާ އެކަން ހަނދާން ނައްތާލައިފަ ގަދަ ބަސް ބުނެ އޮޅުވާލަން މަސައްކަތް ނުކުރެއްވުމަށް ދަންނަވަމެވެ. ތަރައްޤީގެ ނަމުގައި މުސްލިމުން އިސްލާމީ ރިވެތި އަޚްލާޤާއި ދުރުކުރަން މަސައްކަތް ނުކުރެއްވުމަށްވެސް ދަންނަވަމެވެ. އަޅުގަނޑުގެ ނިޔަތް ވަރަށް ރަނގަޅުވާނެކަން ހަނދުމަކުރައްވާށެވެ!" ޝައިޚް އިލްޔާސް