ފަލަސްޠީނުގެ ކުދިން ސްކޫލަށް ދާން އުޅެންޖެހޭ ބިރުވެރި ޙާލު ފެނި ހަމްދަރުދީ ވަނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ފަލަސްޠީނުގެ ކުދިން ސްކޫލަށް ދާން އުޅެންޖެހޭ ބިރުވެރި ޙާލު ފެނި ހަމްދަރުދީ ވަނީ ކާކު؟

ފަލަސްޠީނުގެ ކުދިން ސްކޫލަށް ދާން އުޅެންޖެހޭ ބިރުވެރި ޙާލު ފެނި ހަމްދަރުދީ ވަނީ ކާކު؟ ކަމާއިމެދު ސުވާލުތައް އުފައްދަމުން ދަނީ އެމައްސަލަ ހައްލުކުރަން މަސައްކަތްކުރެވޭތަން ނުފެންނާތީއެވެ. އެކުދިންގެ ހިތްވަރަށް ތަޢްރީފްކުރަންޖެހެނީ ކިތަންމެ ހަނި ދޭތެރެއަކުން ދެމިގެން، ކިތަންމެ ދުރަށް ހިނގަން ޖެހުނު ނަމަވެސް ފަސް ނުޖެހި ކޮންމެ ދުވަހަކު ސްކޫލަށްދާތީއެވެ.

 

ސްކޫލަށް ދަރިން ފޮނުވައި ކިޔަވައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމަށް ބަޔާންކުރާ މުޢާހަދާތައް އދ އިންވެސް ވަނީ ފާސްކޮށްފައެވެ. އެއީ ކޮންމެ ކުއްޖަކަށްވެސް ލިބެން ޖެހޭ އިންސާނީ އަދި އަސާސީ ޙައްޤެއް ކަމަށް ވެސް އދގެ ގުނަވަންތަކުންވެސް ވަނީ ފާސްކޮށްފައެވެ.

އދގެ ފާސްކުރުންތަކަށް އަމަލު ނުކުރުމުން އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން ބޭނުންވާ ޤައުމުތަކަށް ދަނީ ފިޮޔަވަޅު އަޅަމުންނެވެ. ނަމަވެސް ފަލަސްޠީނުގެ ކުދިންގެވެސް އަދި ރައްޔިތުންގެ ޙައްޤުގައިވެސް މިފަދަ އެއްވެސް ފިޔަވަޅެއް ނުއަޅައެވެ.

މިއަދު އޮންލައިން