ޕޮލިސް ކުލަބު ވެޓަރެންސް ފުޓްސަލް މުބާރާތުގެ ފައިނަލުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑް (ސީޕީސީ) އާއި ޓްރެފިކް ރެކްރިއޭޝަން ކުލަބް (ޓީއާރުސީ) ޖާގަހޯދައިފިއެވެ.
ރޭ ހުޅުމާލެ ހައުސިންގި ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސީޕީސީ އާއި އީއެމްއީއެސް ކުލަބު ވާދަކުރިއިރު މިމެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީޕީސީއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީޕީސީގެ އަޙްމަދު ޝާހިދުއެވެ.

ޓީއާރުސީ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލް ދެވަނަ މެޗުގައި އެސްއެސް ވެޓަރެންސްއާ ވާދާކުރިމެޗު ކާމިޔާބުކޮށްގެންނެވެ. ޓީއާރުސީން މިމެޗު ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ން އެއްވަރުވުމާއި ގުޅިގެން ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީން 4-3 ގެ ނަތީޖާއަކުންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީއާރުސީގެ ކީޕަރު އިބްރާހިމް ޢަލީ ފުޅުއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ.