ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރު ހުރަސްއެޅިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް ވަނީ ގަވަރުނަރު ނަސީރު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ވިދާޅުވެ، އެމްއެމްއޭގެ ބޯޑާއި ފުލުހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް "ހައި ޕްރޮފައިލް" ކޭސްތައް ރިޕޯޓުނުކޮށް މަޑުޖެއްސުމަށް ގަވަރުނަރު އެންގެވި ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.