2019 މާރިޗު 03 ވަނަ ދުވަހުގެރޭ ވައިގެ މަގުން އިންޑިއާއިން ރާއްޖެއައިއިންޑިއާގެ 3 އަންހެނުންނާއި ފިރިހެނަކު އެތެރެކުރަން އުޅުނު ބުދުތަކެއް ކަސްޓަމްސްއިން ހިފެހެއްޓި މައްސައިގައި ކަސްޓަމްސް އިން އިތުރު މައުލޫމާތު ހާމަކޮށްފިއެވެ.
ކަސްޓަމްސް އިން ބުނެފައިވަނީ:
"މިމީހުން ގެނައި 13 ލަގެޖެއް އެކްސްރޭ ކުރެވުނުއިރު އަޅުކަން ކުރަން ބޭނުންކުރާޒާތުގެ ބުދު ފަދަ ތަކެތި ހުރިކަމަށް ޝައްކުކުރެވި އިތުރަށްބަލާ ފާސްކުރިއިރު މި 13ލަގެޖްގައިވެސް ހުރީ އަޅުކަން ކުރަން ބޭނުންކުރާ ބުދު ފަދަތަކެތިކަން ކަސްޓަމްސްއަށް ވަނީޔަގީންކުރެވިފައެވެ. މިތަކެއްޗާމެދު ސުވާލުކުރުމުން މިތަކެތި ގެނައި ފަރާތުން މިތަކެއްޗަކީ އާރޓިފެކްޓްސް ތަކެއް ކަމަށާއި އެމީހުން ރާއްޖެ އައިސްފައިވަނީ "ޕީސްފުލް ގެދަރިންގް" އަކަށް ކަމަށް ބުނެފައިވެއެވެ. މިގޮތުން، ހިފަހައްޓާފައިވާ ބުދުތަކުގެ ތެރޭގައި އެކި ސައިޒްގެ 28 ބުދު ހިމެނެއެވެ. މިކަަމުގައި ޝާމިލްވާ މީހުން މިބުދުތަކާއެކު އަނބުރާ އިންޑިއާއަށް މިހާރުވަނީ ފުރާފައެވެ.
އަޅުކަންކުރަން ގެންގުޅޭ ބުދަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖޭއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެންދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުޞަތު އެފަރާތްތަކަށް ކަސްޓަމްސް އާންމު ގަވާއިދުން ލިބިދެއެވެ."
ރާއްޖެ އަންނަ ފަތުރުވެރިއަކު ނުއެނގި ގެންނަ ބުދެއް ނުވަތަ އެފަދަ ހިފެހެއްޓުމަށްފަހު ފުރާއިރު ހަވާލު ކުރުމާއި ޤަޞްދުގައި ބުދުތަކެއް ހިފައިގެން ހަފްލާއެއް ބާއްވަން އަންނަ ބައަކާއި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރިކަން ފާހަގަކުރެވެއެވެ. މިމީހުން ރާއްޖެ އެތެރެވިއަ ނުދީ އިމިގްރޭޝަނުގެ ބެލުމުގެދަށުގައި ބޭތިއްބުމަށްފަހު ފުރުވާލުމުން ޢާންމު ފަތުރުވެރިންނާއިމެދު ޢަމަލުކުރާ އުޞޫލުން ޢަމަލުކުރެވުނު ގޮތަކާއިމެދުވެސް ސުވާލު އުފެދެއެވެ.