އައްޑޫ ސިޓީ ހިތަދޫން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސަމާނު ހޯދައިފި

ކިޔުމަށް ހޭދަވާނީ 41ސ
އައްޑޫ ސިޓީ ހިތަދޫން ބަނގުރާ ކެއްކުމަށް ބޭނުންކުރާ  ސަމާނު  ހޯދައިފި

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން،  ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސަމާނު ހޯދައިފި އެވެ.

ހިތަދޫގައި ބަޔަކު ބަނގުރާ އުފައްދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކަށް އިންޓެލިޖެންސާއި ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މާރިޗް 3 ދުވަހުގެ 11:30 ހާއިރު ހިންގި މި އޮޕަރޭޝަންގެ ތެރެއިން  އެރަށުގެ ފަޅު ގޭގެ ބަލައިފާސްކޮށް، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ހަތް ހަމާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ  ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

 

މިއަދު އޮންލައިން