ކާށިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 45ސ
ކާށިދޫން މަސްތުވާތަކެއްޗާއެކު  މީހަކު ހައްޔަރުކޮށްފި

 ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ކާށިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެރަށު ޕޮލިސް ސްޓޭޝަނާ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. މާރިޗް 05 ވަނަ ދުވަހުގެ 15:00 ހާއިރު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް މިމީހާ ދިރި އުޅޭތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި 36 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރީ މިމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

 

މިއަދު އޮންލައިން