ހޭލުންތެރިކުރުވުމުގެ ގޮތުން ކުނަހަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދީފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
ހޭލުންތެރިކުރުވުމުގެ ގޮތުން ކުނަހަންދޫ ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދީފި

އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލ.ކުނަހަންދޫ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ލ.މާމެންދޫގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މާރިޗް ފަސްވަނަ ދުވަހު ހެނދުނު ކުނަހަންދޫ ސްކޫލާއި ލ.މާމެންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ސްކޫލުތެރޭގައާއި ސްކޫލުން ބޭރުގައި ދަރިވަރުން ބުލީކުރުމުގެ އާދަ ކަނޑުވާލުމަށް ކަންތައްތައް ކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ސްކޫލު މާހައުލުގައާއި ގޭތެރޭގައި ދަރިވަރުންގެ އަޚުލާޤީ މިންގަނޑު ދެނެގަނެ އެކަމުގައި ބެލެނިވެރިންގެ ދައުރަކީ ކޮބާކަމާއި ބެހޭގޮތުން މަޢުލުމާތު ދީފައިވެއެވެ.

އަދި ކުށުގެ މާހައުލުން ދަރިވަރުން ދުރުކުރެވިދާނެ ގޮތްތަކާއި، ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމަށް އެކުދިންނަށް އަބަދުވެސް ނަޞޭޙަތްތެރިވުމަށް އެދިފައިވެއެވެ. އަދި ކިޔެވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތްކޮށް ކޮންމެ ކުއްޖަކީވެސް މުޖްތަމަޢަށް ބޭނުންހިފޭ ކުއްޖަކަށް ހެދުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ކުނަހަންދޫ ސްކޫލުން 45 ބެލެނިވެރިން ބައިވެރިވެފައިވެއެވެ

މިއަދު އޮންލައިން