ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ދެމީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 30ސ
ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން ދެމީހަކު ހޯދަނީ

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފަށައިފިއެވެ.

މިމައްސަލަތަކާ ގުޅިގެން ހޯދަނީ ޏ.ފުވައްމުލައް / ދޫޑިގަން. ރެޑިއަމްވިލާ، ޢަބްދުއްސަލާމް އިބްރާހީމް (34އ) އާއި ޏ.ފުވައްމުލައް / ހޯދަޑު. ރޫލް، އަމީދު ޢަބްދުﷲ (20އ) އެވެ.

ވީމާ  ޢަބްދުއްސަލާމް އިބްރާހީމް އަދި އަމީދު ޢަބްދުﷲ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9792803 އަށް ގުޅާއި ޙިއްސާކުރުމަށް އެދެއެވެ.

މިއަދު އޮންލައިން