އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމުގެ އިތުރު ދައުރަކަށް މިހާރުވެސް އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ހަބީބް އީސީ ގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
ހަބީބުގެ ދައުރު ހަމަވާތީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން 16 ފަރާތެއް ކުރިމަތިލިއެވެ. އޭގެތެރެއިން ނަންތައް ދިރާސާ ކުރުމުން 75 ޕަސަންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހަބީބާއި އަހުމަދު މޫސާ އަށެވެ. ހަބީބަށް ލިބިވަޑައިގެންނެވީ 90.28 މާކްސްއެވެ. އަހުމަދު މޫސާ ލިބިވަޑައިގެންނެވީ 75.57 މާކްސް އެވެ.
75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މީހުންނަކީ ކޮމިޝަނަށް އައްޔަން ކުރުމަށް ގާބިލް ފަރާތެއް ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އިން ވަނީ ކަނޑައަޅާފައެވެ.