ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދީފިއެވެ.
ރިޔާޒަށް އިއްޔެ އެސިސްޓެންޓް ކޮމިޝަނާކަން ދެއްވައި ލިޔުން ހަވާލުކޮށްދެއްވީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) އެވެ.
މިހާތަނަށް ރާއްޖޭގައި ހިންގި ބޮޑެތި ޖިނާއީ މައްސަލަތަކުގެ ތަހުގީގުގައި އެންމެ އިސްކޮށް އުޅުއްވި ރިޔާޒް ސްލޫކީ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ސެޕްޓެމްބަރު، 2017 ގަ އެވެ. އަލުން ވަޒީފާދޭން ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިންނެވެ.
މީގެއިތުރުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަހުމަދަށް ވެސް އިއްޔެ ވަނީ އެސިސްޓެންޓް ކޮމިޝަނާގެ މަގާމު ދީފަ އެވެ.