ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު ހއ. އިހަވަންދޫގެ ހަތަރު ފަރާތަކަށް ވީލްޗެއަރ ހަދިޔާކޮށްފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ މި އަހަރު ތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ 60 ފަރާތަކަށް ވީލްޗެއަރ ދިނުމަށް ބޭންކުން ވަނީ ނިންމާފައިވާކަމަށެވެ.
ބީއެމްއެލްއިން މިވީލްޗެއަރ ތައް ހަދިޔާކުރަމުން ދަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނައަދި މޮޓްރައިޒްޑް ވީލްޗެއަރ އަމިއްލަ އަށް ދުއްވޭނެ ފަރާތްތަކަށެވެ. މި ގޮތަށް ބޭންކުން ވީލްޗެއަރ ހަދިޔާ ކުރާއިރު އެ ރަށެއްގައި އެ ވަގުތު ތިބި މޮޓްރައިޒްޑް ވީލްޗެއަރ ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޭންކުންދަނީ މިފަދަ ވީލްޗެއަރ ހަދިޔާކުރަމުންނެވެ.
ވީލްޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ" މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއްދެން. މިޚާއްސަ މޮޓޮރައިޒް ޑްވީލްޗެއަރ ތަކުގެ ސަބަބުން ގިނަބައެއްގެ ދިރިއުޅުމަށް އެކަމުގެ ހެޔޮބަދަލު އައުމަކީ އަޅުގަނޑުމެންނަށް ލިބޭވަރަށްބޮޑު އުފަލެއް. ބޭންކުގެ އަމާޒަކީ މި ޕްރޮގްރާމް ނިމިގެންދާއިރު މުޅި ރާއްޖޭގައި މޮޓްރައިޒްޑް ވީލްޗެއަރ އަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފަދަ ވީލްޗެއަރ ހަދިޔާކޮށްދިނުން."ކަމަށެވެ.
މީގެ ކުރިން ބީއެމްއެލް އިންވަނީ ރާއްޖޭގެ މީހުން 7 ރަށެއްގައި ދިރިއުޅެމުންދާ 16 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ. މި ރަށްތަކަކީ ހއ. ދިއްދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ.ނައިފަރު، ކ.މާފުށި، އއ.ރަސްދޫ، އަދި ސ. ހުޅުމީދޫ އެވެ.