ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގަ ރާއްޖޭގެ ސަޤާފަތާ ރަށްޓެހި ގޮތެއްގަ ކުރިއެރުވުމަށް ސަރުކާރުން އިސްކަން ދޭ: ނައިބް ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގަ ރާއްޖޭގެ ސަޤާފަތާ ރަށްޓެހި ގޮތެއްގަ ކުރިއެރުވުމަށް ސަރުކާރުން އިސްކަން ދޭ: ނައިބް ރައީސް

ރާއްޖޭގެ އިޤްތިޞާދާއި ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ސަޤާފަތާއި، ތިމާވެއްޓާއި ރަށްޓެހި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް ނަސީމް މިމޭރުމުން ވިދާޅުވީ ޖަރުމަނު ވިލާތުގެ ބަރލިންގައި ބާއްވާ އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ބަރލިން ފެއާގައި ބައިވެރިވާ ދިވެހިންގެ ޝަރަފުގައި ގްރޭންޑް ހަޔަޓް ހޮޓެލުގައި ބޭއްވި ދިވެހި ހަވީރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިޞަލް ނަސީމް ވިދާޅުވީ ރާއްޖެއިން ފަތުރުވެރިންނަށް ފޯރުކޮށްދެމުންގެންދާ ފުރިހަމަ މެހެމާންދާރީ އެގޮތުގައި ހިފެހެއްޓުމަށް ސަރުކާރުން ބާރުއަޅުއްވާ ކަމަށެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ދިވެހި ހަވީރުގައި ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ތަފާތު އެކި ހަރަކާތްތައް ވަނީ ދައްކާލައިފައެވެ.

މި ހަވީރުގައި، އައި.ޓީ.ބީ ފެއާގައި ރާއްޖެ ތަމްސީލުކުރާ ބައިވެރިންނާއި، ބޭރުގެ ފަރާތަތަކާއި، ބޭރު ޤައުމުތަކުގެ މީޑިއާތަކުން ވެސް ބައިވެރިވިއެވެ.

މިއަދު އޮންލައިން