އދގެ އޯއެޗްސީއެޗްއާރގެ ވަފުދުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާ ބައްދަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އދގެ އޯއެޗްސީއެޗްއާރގެ ވަފުދުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އާ ބައްދަލުކޮށްފި

ރާއްޖޭގެ ޙާލަތު ބައްލަވާ، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށްޓަކައި އދގެ އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރ) ގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ. 

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އޯއެޗްސީއެޗްއާރގެ ވަފުދަށް މަރުޚަބާ ވިދާޅުވެ ދިވެހިރާއްޖެއިން އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި، ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. 

މި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އޯއެޗްސީއެޗްއާރގެ ރޫލް އޮފް ލޯ، އީކުއަލިޓީ، އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗްގެ އިސްވެރިޔާ، މޯނާ ރިޝްވާމް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކުރައްވާ ދަތުރުގައި ވަފުދުން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީންޢާއްމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ޑިރެކްޓަރ ފޮރިން ރިލޭޝަންސް އަލްފާޟިލާ ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ. 

މިއަދު އޮންލައިން