ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލުން ޖަލަށް އަނެއްކާވެސް ބަދަލުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި ޑޮކްޓަރު ހޮސްޕިޓަލުގައި އެޑްމިޓު ކުރަން އިރުޝާދު ދިނުމުން ޔާމީން އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހުގައެވެ.
ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.