ބީއެމްއެލް ގެ ހުރިހާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން ހިލޭ ޕެޑު ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ބީއެމްއެލް ގެ ހުރިހާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން ހިލޭ ޕެޑު ދެނީ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ އަންހެން މުވައްޒަފުންނަށް މައްސަރު ދުވަސްވަރު ބޭނުންކުރާނެ ޕެޑު ފަދަ ސާމާނު މިއަދުން ފެށިގެން ހިލޭ ދޭން ނިންމަިއފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ޕެޑަކީ އަންހެނުންނަށް ޒަރޫރީ އެއްޗަކަށް ވާއިރު ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކުން އަދި ޑިޕާޓްމެންޓުތަކުން މިއަދުން ފެށިގެން މިބާވަތުގެ ޒަރޫރީ ސާމާނު އަންހެން މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށެވެ.

މައްސަރު ކަންތައް ދިމާވުމުން އަންހެނުން ބޭނުންކުރާ ޕެޑު ފަދަ ތަކެތިން ނަގާ ޓެކްސް ނުވަތަ މައްސަރު ޓެކްސް އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވާފައިވާނީ މިދިޔަ ޑިސެންބަރު މަހުއެވެ. އަދި މިއީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

 

 

މިއަދު އޮންލައިން