އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
އޭސީސީގެ މެމްބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

 1065 މީހަކު މިޕެޓިޝަންގައިި ސޮއިކޮށްފައިވާއިރު ސޮއިކޮށްފައިވަނީ މުޅިންވެސް މާލެ އާއި އައްޑޫގައި ދިރިއުޅޭ މީހުންނެވެ.

މި ޕެޓިޝަން ހުށައަޅަނީ ރާއްޖޭގައި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއް ހިނގާފައިވާއިރު އެމައްސަލަ ނުބެލި މެމްބަރުން އިހުމާލުވެފައިވާތީކަމަށް ބުނެފައިވެއެވެ.

މި ޕެޓިޝަންގައި ސަރުކާރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ކަނޑައަޅާފައިވާ އިރު، ކޮރަޕްޝަން ނައްތާލުމަށް އަޅާ މުހިއްމު ފިޔަވަޅެއްގެ ގޮތުން، އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުން މަގާމުން ވަކިކުރަން ޕެޓިޝަންގައި ވަނީ ގޮވާލައިފައެވެ.

މިޕެޓިޝަނެއް ހުށަހެޅިއިރު އޭސީސީގެ ރައީސް، ހަސަން ލުތުފީ މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުކޮށް ފުލުހުން އަންނަނީ މައްސަލައެއް ވެސް ތަހުގީގު ކުރަމުންނެވެ.  

މިއަދު އޮންލައިން