ގަލޮޅުގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ 17 މީހަކާއި ގިނަ އަދަދެއްގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އޮޕަރޭޝަނުގައި އަތުލައިގަނެވުނު 17 މީހުންގެ ތެރޭގައި 18 އަހަރުގެ ޒުވާނަކުވެސް ހިމެނޭ ކަމަށެވެ. ދެން ތިބި މީހުންގެ ތެރޭގައި 20 އަހަރާއި 41 އަހަރާއި ދެމެދުގެ މީހުން ހިމެނޭ ކަމަށްވެސް ބުނެފައިވއެވެ.
މިމީހުން ހައްޔަރުކުރި ގެއިން މަސްތުވާތަކެތި ހުރި 10 ސެލޮފިންކޮޅާއި 164 ރަބަރު ޕެކެޓުގައި ހުރި މަސްތުވާ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.