ގަލޮޅު ގެސްޓްހައުސެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ!

ކިޔުމަށް ހޭދަވާނީ 34ސ
ގަލޮޅު ގެސްޓްހައުސެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ!

ގަލޮޅު ގެސްތް ހައުސް އެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ރޭ ދަންވަރު ފެނިއްޖެއެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ގެސްޓް ހައުސް އެއްގެ ކޮޓަރިއަކަށް ވަތް މީހަކު ނުނިކުމެގެން ރޭ ދަންވަރު 1:57 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި ފުލުހުން އެކޮޓަރިއަށް ވަދެ ބެލިއިރު އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިފައި އޮތް ކަމަށެވެ.

 

އެމީހާ އައިޖީއެމްއެޗް އަށް ވަގުތުން ގެންދިޔަ ކަމަށާއި ނަމަވެސް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވައެވެ.

 

މަރުވި މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން