މަހިބަދޫގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސް ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މަހިބަދޫގައި ދުއްވާ އެއްގަމު އުޅަނދު ބަލައިފާސް ކޮށްފި

 މަހިބަދޫގައި ދުއްވާ އެއްގަމު އުޅަނދު ބަަލައިފާސްކުރުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މާރިޗް ހަތްވަނަ ދުވަހު ރޭގަނޑު އެރަށުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ މަހިބަދޫގައި  ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އެރަށުގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވާ މި ޕްރޮގްރާމްގެ ތެރެއިން، މަހިބަދޫގައި ދުއްވާ އެއްގަމު 25 އުޅަނދު ބަލައިފާސްކޮށް، ޤަވާއިދާއި ޚިލާފަށް އުޅަނދު ދުއްވި ފަސް ފަރާތެއް ޖޫރިމަނާކޮށް ނަޞޭޙަތްތެރިވެފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަތޮޅުތެރޭގައި މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން