މާދަމާއިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާއިނުލާ 90 ދުވަހު ހުރެވޭނެ

ކިޔުމަށް ހޭދަވާނީ 1މ
މާދަމާއިން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާއާއިނުލާ 90 ދުވަހު ހުރެވޭނެ

ރާއްޖެއާއި އިންޑިއާ އާއި ދެމެދު މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ސޮއިކުރި އެގްރިމެންޓަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ. 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އިންޑިއާއަށް އެމަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި މިއެގްރިމެންޓުގެ ދަށުން އިންޑިއާއަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް ވިސާއާއި ނުލާ 90 ދުވަހު އެޤައުމުގައި ހުރެވޭނެއެވެ. 

އެއެގްރިމެންޓުގެ ދަށުން، 90 ދުވަހަށްވުރެ ކުރު މުއްދަތަކަށް އިންޑިއާއަށް ބޭހަށް ދާން ބޭނުންވާ މީހުން، ވިސާއަށް އެދޭކަށް ނުޖެހެއެވެ. ނަމަވެސް އެއަށްވުރެ ދިގު މުއްދަތަކަށް މެޑިކަލް ވިސާ ބޭނުންވާ މީހުންނަށް މާލޭގައި ހުންނަ އިންޑިއާ އެމްބަސީއަށް ހުށަހަޅައިގެން ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރާއި ހަމައަށް ވިސާ ލިބެއެވެ. އަދި ބަލިމީހާގެ އެހީތެރިންގެ ގޮތުގައި ގިނަވެގެން ދެ މީހަކަށް "މެޑިކަލް އެޓެންޑެންޓް" ވިސާ ލިބުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބޭސްފަރުވާގެ އިތުރުން ވިޔަފާރީގެ ކަންކަމަށް ވެސް އިންޑިއާއަށްދާ ދިވެހީންނަށް މާދަމާއިން ފެށިގެން ވިސާއާއިނުލާ 90 ދުވަހު އެޤައުމުގައި ހުރެވޭނެއެވެ. އަދި ފަތުރުވެރިންގެ ގޮތުގައި އެޤައުމަށްދާ ދިވެހިންނަށް ވެސް ހަމަ އެމުއްދަތަށް ވިސާއާއި ނުލާ ހުރެވޭނެއެވެ.

މިއަދު އޮންލައިން