ސިވިލް ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ކިޔުމަށް ހޭދަވާނީ 59ސ
ސިވިލް ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުވެފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެދެމީހުން ހޯދަންފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަނީ ތ.ތިމަރަފުށި، އަތިރީގެ، އަޙްމަދު އިބްރާހީމް މަނިކު (62އ) އާއި ގދ.ތިނަދޫ، ރަވި، ރިފްޢަތު ރަޝީދު (30އ)އެވެ.

 މި ދެމީހުންގެ ތެރެއިން އިބްރާހީމް މަނިކު  ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 12 ވަނަ ދުވަހުގެ 10:00ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

 ރިފްޢަތު ރަޝީދު ހޯދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން މާރިޗް 12 ވަނަ ދުވަހުގެ 10:15ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

 މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅާއި ހިއްސާކުރުމަށް އެދެއެވެ.

 

މިއަދު އޮންލައިން