ށ.ފުނަދޫގައި ދުއްވާ އެއްގަމު އުޅަނދުތައް ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މާރިޗް 8ވަނަ ދުވަހުގެ 16:30ން 18:00ށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ފުނަދޫގައި ދުއްވާ އެއްގަމު އުޅަނދު ތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމާއި އެރަށުގެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މަގުތަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމާއި އަދި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބެލުމަށް، އެރަށުގައި ދުއްވާ އުޅަނދުތައް ބަލައިފާސްކޮށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅަނދު ދުއްވި ދެ މީހަކަށް ނަސޭހަތްތެރިވެ ފައިވެއެވެ.
ރަށްރަށުގެ މަގުމަތަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް އަތޮޅު ތަކުގައި މަސައްކަތްކުރާ ފުލުހުން މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.