ރައީސް ޔާމީން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މާދަމާ

ކިޔުމަށް ހޭދަވާނީ 57ސ
ރައީސް ޔާމީން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން މާދަމާ ހެނދުނަށް ހައިކޯޓުގައި ތާވަލު ކޮށްފިއެވެ. 

މަނީ ލޯންޑަރިން ގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒް ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގެ އިސްތިއުނާފް އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:15 ގައި ކަމަށެވެ. 

މިމައްސަލައިގެ އިތުރުން، ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ވެސް ފަށާފައިވާއިރު، މިހާރު އެމައްސަލަ އޮތީ ހުކުމާއި ހަމައިގައެވެ. ނަމަވެސް އެމައްސަލައާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލުކުރި އަޑުއެހުން ވަނީ އިދާރީ ކަމަކާއި ގުޅިގެން ކެންސަލް ކޮށްފައެވެ. 

މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައީސް ޔާމީން ހައްޔަރުކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި މައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ނިމިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މިވަގުތު އެމަނިކުފާނު އޮންނެވީ ފަރުވާއަށް އައިޖީއެމްއެޗްގައި އެޑްމިޓު ކޮށްފައެވެ.

މިއަދު އޮންލައިން