ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ޙައްޤުތައް ލިބިގަތުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިއަ މަހު ކުރިއަށް ގެންދިއަ މުޒާހަރާއެއްގެ ތެރެއަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބަޑި ޖެހުމުން އަނިޔާލިބުނު ޒުވާނުންގެ ތެރޭގައި ހިމެނޭ ބައްސާމް ޝާފީގެ ޖަނާޒަގައި ގިނަ ބައަކު ބައިވެރިވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބައްސާމް ޝާފީގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނުއެވެ. އަދި އޭނާ ނިޔާވީވެސް މިއަދު ހެނދުނުއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކީވެސް މިފަދަ ހިތާމަވެރި ދުވަހެކެވެ.