ރައީސް ޞާލިޙާ އާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 39ސ
ރައީސް ޞާލިޙާ އާއި  ރައީސް މައުމޫން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިޙުގެ ސަރުކާރަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ރައީސް މައުމޫން ވަނީ ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވިއެވެ.

މިއަދު އޮންލައިން