ވިހެއުމުން ދޭ ޗުއްޓީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މުވައްޒަފުންނަށް ވެސް މިއަދުން ފެށިގެން އިތުރުކޮށްފިއެވެ.
ދަރިއަކު ލިބުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު 6 މަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށާއި އަދި ފިރިންނަށް އެއް މަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ދަރިއަކު ލިބުމުން ލިބޭ ޗުއްޓީ އިތުރުކުރިކަން އިއުލާނުކޮށްދެއްވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ސިޓްރަން ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
ޝާހިދު ވިދާޅުވީ މާބަނޑު ދުވަސްވަރު މުވައްޒަފުންނަށް މަސައްކަތުގައި ލުއިގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން ''ފްލެކްސިބަލް'' ގަޑިތަކެއް ހަމަޖެއްސުމަށް މަޝްވަރާތައް ކުރަމުން އަންނަކަމަށެވެ.