ބިޔަރުދަޅުތަކަކާ އެކު ތިނަދޫން މީހަކު ހައްޔަރުކޮށްފިއެވެ
ތިނަދުއަށް ދަތުރުކުރަމުންދާ ސަފާރީއަކުން ދަތުރުކުރަމުންދާ މީހަކު ތިނަދުއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނުމާއި އެކު ރޭ 22:55 ހާއިރު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރީ 20 އަހަރުގެ ފިރިހެނެކެވެ.
އެ ސަފާރީ ތިނަދުއާ ގާތްކުރި ވަގުތު ފުލުހުން ސަފާރީއަށް އެރުމުން އެމީހާގެ އަތުގައި ހުރި ތަކެތި އެރަށު ފަޅުތެރެއަށް އުކައިލައި ފިލަން މަސައްކަތްކޮށްފައިވެއެވެ.
ފުލުހުން އެމީހާ ހައްޔަރުކޮށް، ތިނަދޫ ފަޅުތެރެއަށް އެމީހާ އުކައިލި ތަކެތި ނަގައި ބެލިއިރު ބަނގުރާ ފުޅިއަކާއި ބިޔަރު ދަޅުތަކެއް ހަތަރު ދަޅު ފެނިފައިވެއެވެ.