30 ދުވަސް ތެރޭ 2 ވެހިކަލުން ޖައްސައި 2 އަންހެނުން ކޯމާއަށް ފޮނުވާލުމުން 2 އަންހެނުންނަށްވެސް މިހާރު އެގެންދަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުންނެވެ. ސެނެހިޔާ ކައިރިން ކަފިހުރަސްމަތިން ޖައްސައި އަނހެނަކު ކޯމާއަށް ފޮނުވައިލީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އިތުރު އަނހެންކު ކޯމާއަށް ފޮނުވާލާފައި އެވަނީ އިއްޔެ ތިމަރަފުށީގައެވެ.
މައުލޫމާތު ލިބޭ ގޮތުން އިއްޔެ އަނިޔާ ލިބުނު އަނހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު އޭނާގެ މޭކަށިތަކުން 3 ކަށިގަނޑު ބިނދުމުގެ އިތުރުން 2 ދތްވެސް ވަނީ ބިނދިފައެވެ. އޭނާގެ ގައިގައިވެސް ވެހިކަލުން ޖައްސާފައިވަނީ ބާރު ސްޕީޑްގައި ގޮހެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ގޮސް މީހުންގެ ގައިގައި ޖައްސައި އަނިޔާކުރުމަކީ ޖިނާޢީ ކުށަކަށް ނުވާނަމަ މީހަކު މަރަން ބޭނުންވުމުން ބާރު ސްޕީޑްގައި ގޮސް ޖެއްސުމުން އެކަން އެހިސާބުން ނިމޭނެ ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.