ގުރައިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 24ސ
ގުރައިދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ކ. ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާރިޗު 12ވަނަ ދުވަހުގެ 17:30 ހާއިރު ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެރަށު މަގުމަތީގައި ހުރި 29 އަހަރުގެ މީހެއްގެ އަމަލުތައް ހުރިގޮތުން އެ މީހާއާމެދު ޝައްކުކުރެވިގެން ފުލުހުން އެމީހާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިއަދު އޮންލައިން