ލ. ލިންކް ރޯޑު ކުރިހިނަ ސަރަޙައްދުން އުތުރުން ދެކުނަށް ދުއްވާފަ ދިޔަ ސައިކަލެއްގެ ފަހަތުން ދުއްވާފަ ދިޔަ ކާރެއްޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިއެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިނީ އުމުރުން 65 އަހަރުގެ ފިރިހެނެއް ކަމަށާއި ސައިކަލު ދުއްވަން އިނީ 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިދެމީހުންގެ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓުގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.