އިއްޔެ ތިމަރަފުށީގައި އަނހެނެއްގެ ގައިގައި ބާރަށް ދުއްވާފައި ގޮސް ކާރަކުން ޖެއްސި ޑްރައިވަރުގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ވަގުތީ ގޮތުން ނަމަވެސް ދާއިމީ ގޮތުން ނަމަވެސް ލައިސަންސް ހިފަހައްޓައިފިނަމަ މިއަދުވެސް އެހެން ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް އަނިޔާ ލިބުނު މީހާ ކޯމާގައެވެ. އޭނާއަށް ދެލޯ ނުހުޅުވޭއިރު، ހޭވެރިކަން ނެތްއިރު، ކޯމާއިން ސަލާމަތްވިނަމަވެސް ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވާނެ އިރު އަނިޔާދިން މީހާ ހަމަ އުފަލުގައި ހެވި ދިލިފައެވެ.
ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު މާލޭގައި ބާރަށް ދުއްވާފައި އައިސް ކަފިހިހުރަސް މައްޗަށް އަރައި އަންހެނެއްގެ ގައިގަ ކާރުން ޖެއްސި މީހާގެ މައްޗަށް ޖިނާޢީ ދައުވާ ކުރާނެ ކަމަށް ބުނި ނަމަވެސް 30 ދުވަސް ވެގެން ދިއައިރުވެސް ދައުވާ އުފުލިކަން އަދި ހާމަކޮށްފައެއް ނުވެއެވެ!