ޚަބަރުގައިވާ ފޮޓޯއިން އެފެންނަނީ މަތީގައި ރައްކައުތެރިކަމާއިއެކު މީހުންނަށް ތިބެވޭނެ ގޮތެއް ނެތް އިރުވެސް މަތީގައި މީހުން ތިބެގެން ދަތުރުކުރާ ލޯންޗެކެވެ. މިހާލަތުގައި ދަތުރުކުރަނިކޮށް ހާދިސާއެއް ހިނގައިފާނެ ކަމަށް އަމިއްލައަށް ނުބަލާނަމަ އެއީ ހިތާމަހުރި ކަމެކެވެ.
ކަނޑުމަތީގެ ހާދިސާތަކާއި އެހެނިހެން ހާދިށާތައްވެސް އިތުރުވަމުން އަންނައިރު މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ވެސް ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ސްކޫލް ބަނދުފަދަ ގިނަ ބައަކު ދަތުރުކުރާ ދުވަސްވަރެއްގައި މިފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭނެކަން ފާހަގަކުރެވެއެވެ.

ޕޮޓޯ ސޯސަލްމީޑިއާ
ކޯސްޓްގާޑުން ދެމުން ގެންދާ ނަޞޭޙަތާ އިންޒާރުތަކަށް އަމަލު ނުކޮށް ދަތުރުކުރަމުން ދަނިކޮށް ކަމެއް ދިމާވުމުން ކޯސްޓްގާޑަށް ގުޅުމުން ވަގުތުން އެހީތެރިކަން ފޯރުކޮށް ނުދެވިއްޖެނަމަ ކޯސްޓް ގާޑުގެ ޚިދުމަތަށް އެބަ ނަފުރަތު ކުރެވެއެވެ! އެހެންކަމަށްވާއިރު އަމިއްލަ ސަލާމަތާއި ރައްކައުތެރިކަމަށް ނުބަލައި ދަތުރުކުރާއިރު ފުރަތަމަ އަމިއްލަ ނަފުސަށް ނަފުރަތު ނުކުރަނީ ކީއްވެބާވައެވެ!